ads
ޔޫވީ އީގަލްސް މެޗުގެ ތެރެއިން
ދިވެހި ލީގުމެޗުތައް ފަސްކޮށްފި
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން، އިންޓަނޭޝަނަލް ބްރޭކަށް ފަހު މާދަމާ ފެށުމަށް ކުރިން އޮތީ ތާވަލުކޮށްފައެވެ. އެހެންނަމަވެސް ލީގު މެޗުތައް ދެން އަލުން ފަށާނީ 10 ދުވަސް ފަހުންނެވެ. ލީގުގެ ކުޅުން ބްރޭކަށް ފަހު މާދަމާ ފަށަން އޮތީ ހަވީރު އީގަލްސްއާ ޔޫވީ ކުޅޭ މެޗުންނެވެ. 

ލީގު މެޗުތައް ފަސްކުރަން އެފްއޭއެމުން ނިންމާފައިވަނީ ފުލުހުން އެފްއޭއެމްގެ އޮފީސް ރެއިޑްކޮށް ސާމާނުތަކެއް ގެންގޮސްފައިވާތީ، މުބާރާތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެފްއޭއެމުން ބުނެފައި އޮތުމަށް ފަހުއެވެ. 

ނީ ލޯންޑަރިންގެ ތުހުމަތުގައި ޕީޖީގެ އަމުރަކަށް ފުލުހުން އާދިއްތަ ދުވަހު ހެނދުނު އެފްއޭއެމް ހައުސްއަށްވަނީ ވަދެފައެވެ. ފުލުހުން އެފްއޭއެމްގައި ހަރަކާތްތެރިވަމުން ދަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފްއޭއެމަށް ވަޑައިގެން ފުލުހުންނާ ވާހަކަ ދައްކަމުން ދިޔަ މަންޒަރުވަނީ އެ ދުވަހު ފެނިފައެވެ. އެހެންނަމަވެސް އެ އިމާރާތަށް ބައްސާމް ވަދެވަޑައިގެންނެވުމަށް ފުލުހުން ހުރަސް ނާޅާ ކަމަށް ބައްސާމް އޭރު ވިދާޅުވިއެވެ.

އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެ ތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވުމުން ތަހްގީގުގެ ބޭނުމަށް "ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެފްއޭއެމުން މިއަދު ބުންޏެވެ. އަދި އެކަމުގެ ސަބަބުން ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް