ads
ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކަކާ އެކު ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:އައިސްޓޮކް
ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާ އެކު ސްޕޭމް މެސެޖުތަކެއް
ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކަކާ އެކު ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީން އިލްތިމާސްކޮށްފި އެވެ.

ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާ އެކު ފޮނުވަމުންދާ މެސެޖުތަކަކީ ސްޕޭމް މެސެޖުތަކެއް ކަމަށެވެ. އެ މެސެޖުގައިވާ ލިންކަށް ނުވަނުމަށްވެސް އެ ޕާޓީން ވަނީ އެދިފަ އެވެ.

އެކި މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ތަފާތު ގިނަ އުކުޅުތައް ބޭނުންކުރަމުން އަންނާތީ އެފަދަ ކަންކަމަށް ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްކޭމް މެސެޖުތަކާއި ފޯނުކޯލުތައް މަައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވާއިރު، އެފަދަ މެސެޖުތަކާއި ފޯނުކޯލުތަކަށް ހެއްލި ބައެއް މީހުންނަށް އެކިވަރުގެ ފައިސާގެ ގެއްލުން ވަނީ ވެފަ އެވެ. މިދިޔަ އަހަރު ސްކޭމް މައްސަލަތަކުގެ ގޮތުގައި 23 މިލިއަން ރުފިޔާގެ ފައިސާ ހިމެނޭ 998 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

ސްކޭމް ކުރުން ހުއްޓުވުމަށް މިދިޔަ އެޕްރީލް މަހު މަލްޓި އޭޖެންސީ ޓާސްކް ފޯހެއް ފުލުހުން ވަނީ އެކުލަވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް