
ފުލުހުން މިއަދު ބުނީ އެ މެސެޖުތައް ފޮނުވަމުން ދަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަމަށާއި މި ދުވަސްވަރު އެފަދަ މެސެޖުތައް ފޮނުވުން ގިނަވެފައިވާ ކަމަށެވެ.
މިގޮތަށް ފޮނުވާ މެސެޖުތަކުގައި ލިންކު އެޓޭޗްކޮށްފައި ހުންނަ ކަމަށް ފުލުހުން ބުނެ އެވެ. އެފަދަ ލިންކުތަކަށް ނުވަނުމަށާއި މެސެޖުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އަންނަނީ އެކި މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްގެން ފައިސާ ހޯދަމުންނެވެ. އެގޮތުން ފޭސްބުކް، އިންސްޓަގްރާމް އަދިވެސް އެ ނޫން ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކޮށްގެންނާއި ފޯނު ކޯލުތަކާއި ޓެކްސްޓް މެސެޖުތައް މެދުވެރިކޮށް އެފަދަ ކުށްތައް ކުރަމުންދާ މީހުން ގިނަ އެވެ.
އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.