ads
ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާފުށި އިސްތިހާރުކުރަން އެ ރަށު ކައުންސިލުން އައިޓީބީ އޭޝިއާ ފެއާގައި ވަނީ ބައިވެރިވެފައި - ފޮޓޯ:އެމްއެމްޕީއާރުސީ
މާފުށި މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރަން ރަށު ކައުންސިލުން އައިޓީބީ އޭޝިއާގައި
ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކ. މާފުށި އިސްތިހާރު ކުރުމަށް އެ ރަށު ކައުންސިލުން އައިޓީބީ އޭޝިއާ ފެއާގައި ބައިވެރިވެއްޖެ އެވެ.

ސިންގަޕޫރުގެ އައިޓީބީ އޭޝިއާ ފެއާގައި "މާފުށި މަންޒިލް" އެއްގެ ގޮތުގައި އިސްތިހާރު ކޮށްފައިވަނީ އެ ރަށު ކައުންސިލުގެ ފަސް މެންބަރުން ހިމެނޭ ޓީމަކުންނެވެ. މިއީ ރާއްޖޭގެ ކައުންސިލަކުން މިގޮތަށް ފެއާއަކަށް ދިޔަ ފުރަތަމަ ފަހަރެވެ. 

މާފުށި ކައުންސިލުގެ ރައީސް ސޮލާހު ވިދާޅުވެފައިވަނީ މާފުށި ޓްރައިޓޮން ހޮޓެލް އާއެކު އެ ކައުންސިލުން އެ ރަށް އިސްތިހާރު ކުރުމަށް އައިޓީބީ އޭޝިއާގައި ބައިވެރިވިއިރު، ތަފާތު ކަމެއްގެ ގޮތުގައި އެކަން ގިނަ ބަޔަކު ބަލައިގަތް ކަމަށެވެ. ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ މާފުށީގެ ބްރޭންޑް ވަރުގަދަކޮށް، ވަކި މަންޒިލެއްގެ ގޮތުގައި އެރަށް އިސްތިހާރު ކުރުން ކަމަށް ސޮލާހު ވިދާޅުވި އެވެ.

ސޮލާހު ވިދާޅުވެފައިވާ ގޮތުގައި މިފެއާ އާއެކު ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި މާފުށިން އިތުރަށް އިސްތިހާރުކުރަން ޖެހޭ ކަންކަން އެނގިގެން ގޮސްފައިވާ ކަމުގަ އެވެ.

your imageމާފުށި އިސްތިހާރުކުރަން ރަށު ކައުންސިލުން އައިޓީބީ އޭޝިއާ ފެއާގައި ވަނީ ބައިވެރިވެފައި - ފޮޓޯ:މާފުށި ކައުންސިލް

ލަންޑަންގައި އޮންނަ އައިޓީބީ ފެއާ ބާއްވާ ކުންފުނިން އޭޝިއާ ބައްރަށް ހާއްސަކޮށް ބޭއްވި މި ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރަމުން އަންނަ މާފުށީގެ 65 ގެސްޓްހައުސްގައި 2,018 އެނދު ހުރެ އެވެ. އެ ރަށުގައި 200 އެނދު ހުންނަ ގެސްޓްހައުސްތައްވެސް ހުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް