ads
އިންތިހާބީ ރައީސް މުއިއްޒު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރައްވާނެ ކަމަށް - ފޮޓޯ:މުއިއްޒު މީޑިއާ
މުނިސިޕަލް ހުރިހާ ހިދުމަތެއް ކައުންސިލަށް 100 ދުވަހުތެރޭ ބަދަލުކުރާނަން
ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބަދަލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މުއިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅެމުންގެންދާ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ހުޅުމާލެއަކީ މާލޭގެ އެއްބައި ކަމުގައިވާތީ ހުޅުމާލޭގެ އެންމެހާ މުނިސިޕަލް ހިދުމަތްތައް ދޭން ޖެހޭނީ މާލޭ ސިޓީ ކައުންސިލުންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ފަދައިން އާބަންކޯއިން މިހާރު ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށެވެ.

"އާބަންކޯއިން ދެމުންދާ ހިދުމަތްތައް އަޅުގަނޑުމެން ހަމަ ފުރަތަމަ ކޮޅު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކުރާ އެއް ކަމެއްގެ ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުކުރާނަން،" - އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް