ފުލުހުން ބުނީ ހއ. އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރިން ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު މިރޭގެ ވަގުތެއްގައި ލިބުނުކަމަށެވެ.
އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަނިޔާވި މީހުންނަށް އިހަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދާއިރު، އޭގެތެރެއިން އެކަކު މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 68 އަހަރުގެ މީހެކެވެ. އެއީ ދޯނި ދުއްވަން އިން މީހާ ކަމަށް ވެއެވެ.