ads
އަސްލަމް މިރޭ އެމްޑީޕީ ޖަލްސާގައި ވާހަކަ ދައްކަވަނީ
ނަޝީދު ވަކިކުރަން ޖަލްސާ ނުބޭއްވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކިރަން މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު އެޖެންޑާކޮށް ކުރިއަށް ނުގެންދެވުމުން، އެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

އެމްޑީޕީގެ ބައެއް ޕާލިމެންޓަރީ މެންބަރުން މީޑިއާތަކަށް ވިދާޅުވެފަވަނީ ސުޕްރީމް ކޯޓަށް ހުށަހެޅީ ޖަލްސާ ބޭއްވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ. 

މި މައްސަލަ ސުޕްރީމް ކޯޓުން ބައިލައިގަތްކަމެއް އަދި ނާންގައެވެ. 

އެމްޑީޕީން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާކަން ވަނީ މިއަދު މަޖިލީހަށް އަންގާފައެވެ.

ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.

ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.  އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފައެވެ. 

އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރަށް ޖަވާބުދާރީވާން ނަޝީދަށްވެސް ވަނީ ފުރުސަތު ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް