ads
އީވާ އަބްދުﷲ
އީވާ ހުށަހަޅުއްވާފައިވަނީ ހަފްތާއެއް ކުރީގެ މެޑިކަލް ރިޕޯޓެއް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވެ، މަޖިލީހަށް އީވާ ހުށަހަޅުއްވާފައިވަނީ ހަފްތާއެއް ކުރީގެ މެޑިކަލް ރިޕޯޓެއްކަން އެނގިއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން މިއަދު އެޖެންޑާކުރި ޖަލްސާ ނުބޭއްވޭނެކަން މަޖިލީހުން އިއުލާނު ކުރައްވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ޖަލްސާ މިއަދު ނުބޭއްވެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާކަން އަންގަވާފަވާތީކަމަށެވެ. 

އީވާ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހަށް އަންގަވައި އެކަމަނާގެ މެޑިކަލް ރިޕޯޓެއް މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ. އެހެންނަމަވެސް ސީއެންއެމަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އީވާ ހުށަހަޅުއްވާފައިވަނީ މީގެ ހަފްތާއެއް ކުރިން ހައްދަވާފައިވާ ޓެސްޓްތަކެއް ލެބް ރިޕޯޓްތަކެކެވެ. 

ސީއެންއެމަށް ކަށަވަރުކުރެވިފައިވާ ގޮތުގައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިނުގެން އީވާ ފޮނުއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު ހަވީރު ޓްރީޓޮޕް ހޮސްޕިޓަލުން ހަދާފައިވާ ލޭގެ ޓެސްޓްތަކެއް ރިޕޯޓެކެވެ. 

އީވާ ހުށަހަޅުއްވާފައިވަނީ ހަފްތާއެއް ކުރީގެ ރިޕޯޓެއްކަން ކަށަވަރު ކުރެވިފައިވާއިރު، އީވާ އަބްދުﷲ ޑެންގޫ ހުމަށް ޕޮޒިޓިވް ވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް މިއަދުވަނީ ވިދާޅުވެފައެވެ. އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެވަޑައިގެންފައިވާ ކަމަށް މައިނޯރިޓީ ލީޑަރު އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އީވާއަށް ވަޑައި ނުގެންނެވުމުން ޖަލްސާ ކެންސަލްވީ ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް