ads
ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލުކުރައްވަނީ - ފޮޓޯ:ޕީޕީއެމް
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީއަށް
ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.

އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވިކަން އިއުލާނު ކޮށްފައިވަނީ ޕީޕީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޕީޕީއެމުން ވަނީ އިބްރާހިމް ނަސީމަށް މަރުހަބާ ކިޔާފަ އެވެ.

އިބްރާހިމް ނަސީމް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ޕީއެންސީ އާ ގުޅިވަޑައިގަތުމާ ހަމައަށް ހޮވިވަޑައިގަތް ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވީ އެގޮތުގައި ހުންނަވައިގެންނެވެ.

އިބްރާހިމް ނަސީމް ޕީއެންސީ އާ ގުޅިގަވަޑައިގަތުމާ އެކު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ވަނީ ނުވައަކަށް އިތުރުވެފަ އެވެ.

ރިޔާސީ އިންތިހާބާ އެކު މަޖިލިސް މެންބަރުންގެ މެދުގައި ޕާޓީ ބަދަލު ކުރުމުގެ ރޫހެއް ވަނީ އުފެދިފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ މެދުތެރެއިން ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވަނީ އެމްޑީޕީ ދޫކުރައްވާ ޕީއެންސީ އާ ގުޅިވަޑައިގެންފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް