ދިވެހި ބާޒާރުގައި ފިޔަލުގެ އަގު އުފުލުނީ އިންޑިއާގައި ފިޔަލުގެ އަގު އުފުލުމާއި ގުޅިގެންނެވެ.
މާލޭގެ ފިހާރަތަކުގަ ފިޔަލުގެ އަގު މިހާރު އުޅެނީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އިންޕޯޓުކުރާ އިންޑިއާ ބާޒާރުގަވެސް ވެސް ވަނީ ފާއިތުވީ މަހެއްހާ ދުވަހުގެތެރޭގަ ފިޔަލުގެ އަގު ވަރަށް ބޮޑަށް އުފުލިފައެވެ.
މާލޭބާޒާރުގަ ފިޔާ ބަސްތާއެއްގެ އަގު މިހާރު އުޅެނީ 400 ރުފިޔާއަށެވެ. ކުރިން ފިޔާ ބަސްތާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 200 ރުފިޔާއަށެވެ.