ads
މިނިސްޓަރު މަހްލޫފު، ބައްސާމްއާއެކު
މާލޭގެ ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ
އެއްވަނަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައި، ބައެއް ކްލަބުތަކަށް އެ ފައިސާ ދޫކޮށްފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގައި އެއްވަނަ ޑިވިޝަން ކުޅޭ ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދޭން ރައީސް ނިންމެވީ، ކްލަބުތަކުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމުގެ ޝަކުވާ ކްލަބުތަކުން ޔޫތު މިނިސްޓްރީގައި ކުރުމުން، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މި ފައިސާ ބައެއް ކުލަބުތަކަށް މިހާރު އެއްކޮށް ދޫކޮށްފައިވާއިރު، ބައެއް ކްލަބުތަކަށް އެ ފައިސާ ދޫނުކުރާ މައްސަލަވަނީ ފެންމަތިވެފައެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީން ތަފާތު ކުރުން ގެންގުޅެފައިވާ ކަމަށް ބައެއް ކްލަބްތަކުންވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެއްވަނަ ޑިވިޝަނުގެ އަށް ކްލަބުގެ ތެރެއިން ތިން ކްލަބަކަށް އެއްކޮށް ފައިސާ ދޫކޮށްފައިވާއިރު، އަނެއް ބައި ކްލަބުތަކަށް ދޫކޮށްފައިވަނީ އެ ފައިސާއިން ހަތަރުބައި ކުޅަ އެއްބައެވެ.

އެ ފައިސާ ހަމަހަމަ އަށް ކްލަބްތަކަށް ނުދެވޭކަން ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވި އެވެ.

މާލޭގެ ކްލަބުތަކުން ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ސަރުކާރުން ދޭން ނިންމިއިރު މިއީ ކޮން ގޮތަކުން ދޫކުރާ ފައިސާއެއް ކަމެއް ނޭނގެއެވެ. 

36%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް