ads
އެސްއޯ މޯލްޑިވްސް ރިސޯޓުގެ ވިލާއެއް: މި ރިސޯޓު ބުދަ ދުވަހު ހުޅުވުމަށް ވަނީ ނިންމާފައި - ފޮޓޯ:އެސް ހޮޓެލްސް
ކްރޮސް ރޯޑްސްގައި ތަރައްގީކުރި އެސްއޯ މޯލްޑިވްސް ބުދަ ދުވަހު ހުޅުވަނީ
ކްރޮސްރޯޑްސްގައި ތަރައްގީކުރި އެސްއޯ މޯލްޑިވްސް ރިސޯޓު އަންނަ ބުދަ ދުވަހު ހުޅުވުމަށް ނިންމައިފި އެވެ.

އެނބޫދޫ ފަޅުގައި އެ ރިސޯޓު ތަރައްގީކޮށްފައިވަނީ 'އެސް ހޮޓެލްސް އެންޑް ރިސޯޓްސް' އާއި 'ވާއި އެކޯ ވޯލްޑް ޑިވެލޮޕާ' އާ ގުޅިގެންނެވެ.

އެސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑަކް ޑި ކުއިޕާ ވިދާޅުވެފައިވަނީ އެސްއޯއަކީ ކްރޮސް ރޯޑްސްގެ ތިންވަނަ ރަށަށް އެންމެ އެކަށީގެންވާ ބްރޭންޑް ކަަމަށެވެ. މި ބްރޭންޑާ އެކު ކްރޮސްރޯޑްސްގެ ލަގްޒަރީ އަދި ލައިފްސްޓައިލް ރިސޯޓުތަކުގެ ކަލެކްޝަން ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްއޯ މޯލްޑިވްސްއަކީ އެކޯއިން ރާއްޖޭގައި ހަދާ ފަސްވަނަ ރިސޯޓެވެ. އަދި ކްރޮސްރޯޑްސްގައި ހުޅުވާ ތިންވަނަ ރިސޯޓެވެ. ހިލްޓަންގެ ސައި ލެގޫން އާއި ހާޑްރޮކް ބްރޭންޑްގެ ރިސޯޓެއް މިހާރުވެސް ކްރޮސްރޯޑްސްގައި އަންނަނީ ހިންގަމުންނެވެ.

އެސްއޯ މޯލްޑިވްސް ތަރައްގީ ކުރުމަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހޭދަކުރިއިރު، އެ ރިސޯޓަކީ 80 ވިލާގެ ރިސޯޓެކެވެ. ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހެދި އެ ރިސޯޓުގައި މޫދު ވިލާތަކާއި ބީޗު ވިލާތަކުގެ އިތުރުން އާއިލާތަކަށް ހާއްސަ ވިލާތަކާއި ތިން ކޮޓަރީގެ ވިލާތައް ހިމެނެ އެވެ.

ޔޫރަޕްގެ އެންމެ ބޮޑު އެއް ހޮސްޕިޓާލިޓީ ކުންފުނި، އެކޯއިން އަންނަނީ 110 ގައުމެއްގައި 5،100 ޕްރޮޕަޓީ ހިންގަމުންނެވެ. އެ ކުންފުނީގެ ދަށުން އެކި ގައުމުތަކުގައި 10،000 ފުޑް އެންޑް ބެވަރޭޖަސް ހިދުމަތްދޭ ތަންތަން ހިންގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލޯންޗުގައި 15 މިނިޓުން ދެވޭ ހިސާބުގައި އެސްއޯ މޯލްޑިވްސް ތަރައްގީކޮށްފައިވަނީ ދިވެހިވަންތަ ސިފަތަކާ އެކުގަ އެވެ. މީގެ ކުރިން އެކޯއިން ރާއްޖޭގައި ޕުލްމަން އާއި މުވެންޕިލް އާއި ރަފްލްސް އަދި ފެއާމޮންޓް ބްރޭންޑްގެ ދަށުން ރިސޯޓުތައް ވަނީ ހުޅުވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް