ads
ތިއާގޯ ސިލްވާ
އަދިވެސް ގައުމީ ޓީމަށް ކުޅެން ބޭނުން: ތިއާގޯ ސިލްވާ
އަދިވެސް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެން ބޭނުން ކަމަށް، ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.

އުމުރުން 39 އަހަރުގައި ބައިނަލްއަގްވާމީ ފުޓްބޯޅައަށް އެނބުރި އައުމަށް ތައްޔާރަށް ހުރި ކަމަށް ތިއާގޯ ސިލްވާ ބުނެފައިވާއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ތިއާގޯ ސިލްވާ އަދި ނުކުޅެއެވެ. ޗެލްސީގައި އެކިއެކި ސަބަބުތަކާ ހުރެ ތިއާގޯ ސިލްވާ ނުކުޅުނު ނަމަވެސް،  ބްރެޒިލްގެ ކެއާޓޭކަރު ފަރްނާންޑޯ ޑިނިޒްގެ ދަށުން އެޓީމަށް އުނދަގޫތަކެއް ކުރިމަތިވުމުން އޭނާ ވަނީ އަލުން ގައުމީ ޓީމަށް ކުޅެން ބޭނުން ކަމަށް ބުނެ ހުށަހަޅާފައެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ވެނެޒުއެލާއާ ދެކޮޅަށް ބްރެޒިލް އެއްވަރުވެ، ކޮލިފައިންގައި ވޭތުވެދިޔަ ދެ މެޗުގައި އުރުގުއޭ އަތުން ބްރެޒިލްވަނީ ބަލިވެފައެވެ. އަދި އަންނަ މަހު ކޮލަމްބިއާ އާއި އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނެ އެވެ. އެ ދެ މެޗަށް ޑިނިޒްގެ ސްކޮޑު އިއުލާން ކުރަން ތައްޔާރުވެފައިވާއިރު، ތިއާގޯ ބުނީ އޭނާ ހުރީ ގައުމީ ޓީމުން ބޭނުން ނަމަ ކުޅެން ތައްޔާރަށް ކަމަށެވެ.

ތިއާގޯ ސިލްވާ ބްރެޒިލް އަށް ފުރަތަމަ މެޗު ކުޅެން ފެށީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ސިލްވާ ވަނީ ބްރެޒިލް އަށް 113 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 80 މެޗުން މޮޅުވެ 22 މެޗު އެއްވަރުވެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް