ads
އެމްބާޕޭ
އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވެއްޖެ
ކީލިއަން އެމްބާޕޭ ޖެހި ލަނޑުތަކާއެކު، ބްރެސްޓް އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ފްރެންޗް ލީގުގައި ބްރެސްޓް އަތުން ޕީއެސްޖީ މިރޭ މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. މި ނަތީޖާއާއެކު ޕީއެސްޖީވަނީ ލީގުގެ ދެވަނަ މަގާމަށް ކުރިއަށް ޖެހިފައެވެ.

އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، އެމްބާޕޭއަށް މިރޭގެ މެޗުގައި ހެޓްރިކް ހަދަން ލިބުނު ފުރުސަތުވަނީ ގެއްލުވާލައިފައެވެ. މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީ އެމްބާޕޭ އަތުން މިސްވީއެވެ.

މި މޮޅާއެކު ލީގު 1 ގައި ޕީއެސްޖީ ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑް ފަސް މެޗަށް ފުޅާވެ، އެއްވަނައިގައި އޮތް ނީސްއާ އެއް ޕޮއިންޓަށްވަނީ ގާތްވެފައެވެ. އަނެއްކޮޅުން ޕީއެސްޖީ އަތުން މިރޭ ބަލިވި ބްރެސްޓް އޮތީ ހަ ވަނައިގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް