ads
ރައީސް ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރެއްވި މަންޒަރު ދެއްކި 'ޗެނަލް13'އިގެ ވީޑިއޯ ސްކިރީން ޝޮޓެއް-
ގޭބަންދުން ދޫކުރުމުން ޔާމީން ސަޕޯޓަރުންނާއި ބައްދަލުކުރައްވައިފި
ގޭބަންދުން ދޫކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނަށް ތާއިދުކުރާ ރައްޔިތުންނާއި ބައްދަލުކުރައްވައިފި އެވެ.

މިރޭ ޕީޕީއެމްގެ މައި އޮފީހުގައި ކުރިއަށްދާ ބައްދަލުވުމަކީ ހަމައެކަނި އެމަނިކުފާނަށް ތާއިދުކުރާ ވަފާތެރި ސަޕޯޓަރުންނާއެކު ކުރިއަށްދާ ބައްދަލުވުމެއްކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީންއާއި ގާތް ގުޅުން އޮންނަ "ޗެނަލް 13"އިން ވަގުތުން އެ ޖަލްސާ މަންޒަރު ދައްކަމުންގެންދިޔަނަމަވެސް އެ ޖަލްސާގެ އަޑު ދޫކުށްފައެއް ނުވެއެވެ. 

ރައީސް ޔާމީން އެމަނިކުފާނަށް "ވަފާތެރި ސަަޕޯޓަރުންނާ” ބައްދަލު ކުރައްވާފައި މިވަނީ ޕީޕީއެމް-ޕީއެންސީތެރޭގައި ބައިބައިވުންތައް އުޅޭކަމުގެ އަޑުފެތުރެމުން އަންނަ ދުވަސްކޮޅެއްގައެވެ.

ރައީސް ޔާމީންއަށްކޮށްފައިވާ ޖަލުހުކުމަށް ލުއިތަކެއް ދީފައިވާއިރު އެލުއިތައް ލިބިފައިވަނީ އެމަނިކުފާނު އަމިއްލަފުޅަށް ރައީސް އިބްރާޙިމް މުހަައްމަދު ސޯލިހްއަށް ގުޅުއްވައި އެކަމަށް އިލްތިމާސް ކުރެއްވުމުންނެވެ. 

ދެ މައްސަލައެއްގައި 11 އަހަރަށް ރައީސް ޔާމީން ޖަލަށްލާން މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް