ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް،
ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ލިބެނީ ޓެކުހުން ކަމަށްވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެކު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އާންމު ޖީއެސްޓީ އަށް އިންސައްތައަށް އަދި ޓީޖީއެސްޓީ 16 އިންސައްތައަށް ބޮޑުކުރިއިރު މި އަހަރުގެ މިހާތަނަށް ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 9.7 ބިލިއަން ރުފިޔާ އެވެ. އަހަރުގެ މިހާތަނަށް ޖީއެސްޓީން 10 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ 3.3 ބިލިއަން ރުފިޔާ އާއި ޓީޖީއެސްޓީން ލިބުނު 6.6 ބިލިއަން ރުފިޔާ އެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް،
އަހަރުގެ މިހާތަނަށް ޓެކުހުން 19.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.