ads
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް
"މަޖިލިސް އޮތީ ކެނެރީގޭ ދެ ބެއިން ހިސޯރުކޮށްފައި"
ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮތީ "ކެނެރީގޭ ދެ ބެއިން ވެގެން ހިސޯރުކޮށްފައި" ކަމަށް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީން" ގެނެސްދިން ޕްރޮގްރާމެއްގަ ވާހަކަފުޅުދައްކަވަމުން ފަލާހް ވިދާޅުވީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަވަނީ އެންމެ އިންސާފުވެރިގޮތަށް ނޫންކަމަށެވެ. 

އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑު އޭނާ ފާޑު ވިދާޅުވިއެވެ. 

"އެގޮތުން މިހާރު މަޖިލީހުން ފެންނަނީ އެ ދެބެއިންގެ ކުޅިގަނޑެއް،" ފަލާހް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރު އިއްވުމަށް މިއަދު އެޖެންޑާ ކުރި ޖަލްސާއަށް ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގަތުމުން އެ ޖަލްސާ މިއަދު ވެސް ވަނީ ކެންސަލްކޮށްފައެވެ. 

އެ މައްސަލަ ވަނީ އަންގާރާ ދުވަހަށް ވެސް ތާވަލުކޮށްފައެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ ގަރާރު ހުށަހަޅަން އިއްޔެ ވެސް ޖަލްސާއެއް ތާވަލުކުރި އެވެ.

އެކަމަކު އިއްޔެގެ ފަދައިން، އީވާ މިއަދު ވެސް ސަލާން ފޮނުއްވާފައިވާތީ، މިއަދުގެ ޖަލްސާ ވެސް ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ މެމްބަރުންނަށް އަންގައިފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި، މަޖިލިހުގެ އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް