ads
އަހުމަދު ޝިޔާމް / ފޮޓޯ: ޕީޕީއެމް
އާ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ދަރަނި ބޮޑުވުން: ޝިޔާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ދައުލަތުގެ ދަރަނި ބޮޑުވުންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

"ޗެނަލް 13" ގެ ޕްރޮގްރަމެއްގައި ވާހަކަ ދައްކަވަމުން ރޭ ޝިޔާމް ވިދާޅުވީ ބޭރުގެ ދަރަނި އޮތީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ހާލަތެއްގައިކަަމަށެވެ.

"ގައުމުގެ ދަރަނީގެ ހާލަތު އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ހާލަތުގަ. ވަކިން ހާއްސަކޮށް ބޭރުގެ ދަރަނި އޮތީ އިންތިހާ އަށް މައްޗަށް ގޮސްފަ،" - ޝިޔާމް-

ޝިޔާމް ވިދާޅުވީ މިހާރު އޮތް މިންވަރުން އެތެރެގެ ދަރަންޏާމެދު ވެސް ކަންބޮޑުވާންޖެހޭ ހިސާބަށް ގޮސްފައިވާކަމަށެވެ. 

"ސަރުކާރުން ގަބޫލު ކުރާގޮތުގައި އެތެރޭގެ ދަރަންޏަކީ ސަރުކާރުން ދައްކަން ޖެހޭ ދަރަންޏެއް ނޫން އެރޭގެ ދަރަންޏަކީ ފޮތް ފޮހޭ ރަބަރަކުން ފޮހެލެވޭ ކަހަލަ ދަރަންޏެއް. އެއީ އެހެންވާ ކަމެއް ނޫން،"

މީގެ އިތުރުން ފައިސާ ޗާޕްކޮށް ނެރެން ޖެހުމުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް އެކަމުގެ އުދނަގޫ ޖެހިފައިވާ ކަމަށެވެ.

ފައިސާ ޗާޕުކުރުމަކީ ޑޮލަރުގެ އަގު އުފުލޭކަމެކެވެ. 

އެންމެ ފަހުން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް ހުންނާނީ ޖީޑީޕީގެ ނިސްބަތުން 14 އިންސައްތައިގަ އެވެ. ކުރިން ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 8.3 އިންސައްތައިގައެވެ. މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ޑެފިސިޓް ހުރީ 11 ބިލިއަން ރުފިޔާގައި ކަމަށްވާއިރު، ޖީޑީޕީގެ ނިސްބަތުން ހުރީ 12 އިންސައްތައިގައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައިގައި ހިފެހެއްޓުމަށް ކަމަށެވެ.

މި އަހަރުގެ ނިޔަލަށް ދައުލަތުގެ ހަރަދު 47 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އާމްދަނީ 32 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓަށް އިތުރުކުރާ ފައިސާ ހޯދުމަށް ކަނޑައަޅާފައިވަނީ ބަޖެޓު ސަޕޯޓު ލޯނުގެ ތިން ބިލިއަން ރުފިޔާ އާއި ޓީ ބިލުން 1.9 ބިލިއަން ރުފިޔާ އަދި ބޭރުން ހޯދި ލޯނުން އެއް ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް އިތުރު ކުރާ 6.5 ބިލިއަން ރުފިޔާ އާއެކު، ދައުލަތުގެ ދަރަންޏަށްވެސް ކުރިން ލަފާ ކުރި އަދަދަށް ވުރެ އިތުރަށް ހަ ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. ދައުލަތުގެ ޖުމްލަ ދަރަނި އަހަރު ނިމޭއިރު ހުންނާނީ 120 ބިލިއަން ރުފިޔާގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް