ads
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: ވިދާޅުވީ މާލޭ ސަރަހައްދުން ދެވަނަ ބުރަށް ކަނޑައެޅި ފްލެޓާއި ގޯތި މި ދައުރު ނިމުމުގެ ކުރިން ހަވާލުކުރައްވާނެ ކަމަށް
"ދެ ވަނަ ބުރުގެ ގޯތި ލިބޭ މީހުން ދައުރު ނިމުމުގެ ކުރިން ކަނޑައަޅާނެ"
އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ދެ ވަނަ ބުރަށް ކަނޑައެޅި ގޯތިތައް މި ދައުރު ނިމުމުގެ ކުރިން ހަވާލުކުރައްވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، 40،000 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ގޯތި ހޯދުމަށް 19،347 މީހުން އަދި 21،247 މީހުން ފްލެޓަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް ޕްރޮސެސްކޮށް ނިންމާނެ ކަމަށެވެ. އެ މަސައްކަތް ނިންމާ ފްލެޓާއި ގޯތި ލިބޭ މީހުން ދައުރު ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އުތުރު ހުޅުމާލެ (ދެ ވަނަ ފިޔަވަހި) ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުން ހަވާލު ކުރާނެ ކަމަށެވެ.

ގޯއްޗަށް ކުރިމަތިލެވޭ މީހުންގެ ޝަރުތަކަށް ދެވަނަ ބުރުގައި ކަނޑައަޅާފައިވަނީ މާލޭގެ ރަށްވެއްސަކަށްވުމުގެ އިތުރުން މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވުމެވެ. ފްލެޓަށް އެދި ކުރިމަތިލެވެނީ މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނަމަ އެވެ.

ފުރަތަމަ ބުރުގައި ޝަރުތު ހަމަވި މީހުންނަށް ލިޔުން ދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ހިނގަމުންދާ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރާއި ދެ ވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ފޯމުތައް ބާތިލު ނުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

58%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް