ads
ރައީސް ޔާމިން
އިގުރާރާ ރައީސް ޔާމިން ހިލާފުވާނަމަ ފިޔަވަޅު އަޅާނަން: ކަރެކްޝަން
ރައީސް އަބްދުﷲ ޔާމިންއާއި ކަރެކްޝަނާ ދެމެދު ވެފައިވާ އިގުރާރާ އެމަނިކުފާނު ހިލާފުވެވަޑައިގަންނަވާނަަމަ، ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ކަރެކްޝަނުން ބައެއް ނޫސްތަކަށް މިއަދު މައުލޫމާތު ދެމުން ބުނެފައިވަނީ ރައީސް ޔާމިންގެ ހަރަކާތްތައް އެ އިދާރާއިން މޮނީޓަރުކުރަމުން އަންނަކަމަށެވެ. 

"ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުއްވުމަށް އިތުރު ލުއިތަކެއް ދިނުމަށް އެދިވަޑައިގަތުމުން އެކަން ފަހިކޮށްދިނީ،" ކަރެކްޝަނުން މިއަދު ބުނެފައިވެއެވެ. 

ރައީސް ޔާމިންއަށް އާދިއްތަ ދުވަހު ދެވުނު ލުއިތަކުން އެމަނިކުފާނަށް މާލެތެރޭގައި ނުކުމެއުޅުއްވެއެވެ. ނަމަވެސް އެމަނިކުފާނު ރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމުން ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ. 

"އިގުރާރާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގަ ވާނީ ދަންނަވާފަ،" ކަރެކްޝާ މިމައްސަލައިގަ މީޑިއާތަކުން ސުވާލުކުރުމުން ބުނެފައިވެއެވެ. 

ރައީސް ޔާމިން ރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވަނީ ގިނަ ކަންތަތަކަކާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާއިފައެވެ. އެގޮތުން ރައީސް ޔާމިން ވިދާޅުވެފައިވަނީ ޕީއެންސީ އަދި ޕީޕީއެމްއަކީ އެއް ފިކުރެއްގެ ދެ ޕާޓީކަމަށެވެ. އަދި ޕީޕީއެމް ދޫކޮށް އެއްވެސް މެންބަރަކު ޕީއެންސީއާ ގުޅެން ނުޖެހޭނެކަމަށެވެ.  

ކަަރެކްޝަނުން ރައީސް ޔާމިންއަށް ލުއި ދިން ނަމަވެސް، އެމަނިކުފާނުގެ މައްޗަށްވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ މައްސަލައިގައި 5 މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. 

މި މައްސަލަ ހައިކޯޓުގައި އަންނަނީ އިސްތިއުނާފުކުރަމުންނެވެ. ރައީސް ޔާމިންގެ އިތުރު މައްސަލައެއް ދައުލަތުގެ ފަރާތުން އަންނަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެންވެސް ކުރިއަށް ގެންދަމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް