ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ: މާދަމާގެ އެޖެންޑާގައި އެމަނިކުފާނުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައެއް ނެތް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
މާދަމާގެ އެޖެންޑާގައި އޮތީ ބަޖެޓު ހުށަހެޅުން، ނަޝީދުގެ މައްސަލައެއް ނެތް
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް، މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ތާވަލުކޮށްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ދެ އައިޓަމެކެވެ. އެއީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން މި އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު އިއްވުމަށް މިއަދުގެ މަޖިލިހުގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރި އެވެ. އެހެންނަމަވެސް ޖަލްސާއަށް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގަތުމުން މިއަދުގެ ޖަލްސާވެސް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ނުކުރި ނަމަވެސް، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހަމައެކަނި އެ ގަރާރެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް މައްސަލަ އިއްޔެގެ ޖަލްސާއަށް ވެސް އެޖެންޑާކުރި އެވެ. އެހެންނަމަވެސް އެ ޖަލްސާއަށް އީވާ ވަޑައިނުގަތުމުން ޖަލްސާ ބޭއްވޭ ގޮތް ވެފައެއް ނުވެ އެވެ. މަޖިލިހުގެ އިދާރާއިން ގަބޫލުކުރާ ގޮތުގައި އެ ފަދަ ގަރާރެއް އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލިހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނެފައިވާތީ އީވާ ނެތި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމުގަ އެވެ.

އެހެންނަމަވެސް މަޖިލިހުގެ ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ، އެ ޒިންމާ އަދާ ކުރާނެ ފަސް މެންބަރަކު ކަނޑައަޅަން ގަވާއިދުގައި ބުނެފައި އޮތް މާއްދާގެ ދަށުން އެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީން ދެކެ އެވެ.

އެގޮތަށް ޖަލްސާ ކުރިއަށް ގެންދިއުމަށް އިއްޔެ މަޖިލިހުގެ އިދާރާއަށް އެ ޕާޓީގެ ފަރާތުން ހުށަހެޅި ނަމަވެސް އަމީންއާންމު ފާތިމަތު ނިއުޝާ އެކަމަށް އެއްބަސްވެވަޑައިނުގަތުމުން ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު އިއްވުމަށް ބާއްވަން ޖެހޭ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވެފައި ނުވާތީ އެމްޑީޕީން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލަ އެ ކޯޓުން ވަނީ މިހާރު ބަލައިގަނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް