ads
ނައިބު ރައީސް ފައިސަލް ނަސީމް: އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި އިހުލާސްތެރިކަމާ އެކު އަދާކުރުމަށް ވަނީ އެދިވަޑައިގެންފައި - ފޮޓޯ:ރައީސް އޮފީސް
އިހުލާސްތެރިކަމާ އެކު ޒިންމާތައް އަދާކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި
އިހުތިރާމަކީ އެއްދުވަހުން ލިބޭނެ އެއްޗެއް ނޫން ކަމަށާއި ކޮންމެ މީހަކުވެސް އިހުތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި އިހުލާސްތެރިކަމާ އެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު މެންދުރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދިޔަ ފަހި މުސްތަގުބަލް ސްޕީކަ ސީރީސް 2023 ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ސީރީސްގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެ މަގާމަށް އައުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވާފަ އެވެ.
އެމަނިކުފާނު ވަނީ ތަފާތު މީހުންނާ އެކު މަސައްކަތް ކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ކައިރިންވެސް ދަސްވާނެ ކަންކަން ހުންނާނެކަން ގަބޫލުކުރައްވައި މަސައްކަތްކުރެއްވި ކަމުގައި ވިދާޅުވެފަ އެވެ. ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާ އެކު މަސައްކަތް ކުރެއްވުމަށް ފަސޭހަފުޅުވާ ކަމުގަ އެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލަށް އަލަށް ވެންނެވުމަށްފަހު ތަޖުރިބާކުރެއްވި ކަންކަން ހިއްސާކުރައްވާފަ އެވެ.
ނައިބު ރައީސް ވަނީ ކަމަކުން ކާމިޔާބު ހާސިލުކުރުމަށް މަސައްކަތްތައް ބައްޓަން ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެމަނިކުފާނުގެ ތަޖުރިބާ ހިއްސާކުރައްވާފަ އެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެން ތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި މަގާމެއްގައި ހުރެގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރުން ދޫކޮށްލައި ކޮންމެ މަގާމެއްގައި ހުރެގެންވެސް ގައުމީ ހިދުމަތް ކުރުމަށާއި ރަނގަޅު ނަސޭހަތްދެއްވާ ފަރާތްތައް ހަނދާންކުރުމަށް ބާރުއަޅުއްވާފަ އެވެ.
އެމްއެންޔޫން ކުރިއަށް ގެންދިޔަ ފަހި މުސްތަގުބަލް ސްޕީކަ ސީރީސް 2023 ގައި ނައިބު ރައީސް ވަނީ އޯޑިއަންސްގައި ތިއްބެވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް