ads
ސަލްމާން ހާން އަދި ރޮނާލްޑޯ
ަސަލްމާން ހާން އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ބޮކްސިން މެޗެއް ބަލަން ގޮސްފި
އިންޑިއާގެ ފިލްމީ ދާއިރާގެ ސުޕަސްޓާ ސަލްމާން ހާނާއި އައިކޮނިކް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގައި ބޭއްވި ބޮކްސިން އިވެންޓެއް ބަލަންގޮސް ތިއްބައި ފެނިއްޖެއެވެ.
Advertisement

ޓައިސަން ފިއުރީ އާއި ފްރާންސިސް ބައްދަލުކުރި ހެވީވެއިޓް ޗެމްޕިއަންކަން ހޯދުމުގެ މެޗު ބަލަން ތިއްބާ މި ދެ ތަރިންގެ ފޮޓޯ އާއި ވީޑިއޯތައް ދައުރު ވެފައިވަނީ އެކަކު އަނެކަކުގެ ކައިރީގައި އިށީނދެގެން ތިއްބައެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ވީޑިއޯގައި ރޮނާލްޑޯ ފެންނަނީ ސަލްމާން ޚާންގެ ކައިރިން ހިނގާފައި ދިޔަތަނެވެ.

ރޮނާލްޑޯ އަކީ ޓައިސަންގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި، ރޮނާލްޑޯ ފުރަތަމަ ސައުދީ އަރަބިއްޔާއަށް ބަދަލުވިއިރު ދެމީހުން ތިބީ އެއް ހޮޓަލެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ބޮކްސިން އިވެންޓުން ސަލްމާން ހާން ފެނުމުން ވަރަށް ގިނަ ބަޔަކު ހައިރާންވިއެވެ. ސަބަބަކީ ގިނަ ބަޔަކަށް އޭނާއަކީ ބޮކްސިންގެ ބޮޑު ފޭނެއްކަން އެނގިފައި ނުވާތީ އެވެ. 

ނަމަވެސް އެ ހަރަކާތަށް އޭނާއަށް ދައުވަތު ދެއްވީ އޭނާގެ އެކުވެރިޔާ އަދި ވިޔަފާރި ބައިވެރިޔާ ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން އަލް ސައުދު ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. 

ކުރިއަށް އޮތްތަނުގައި ސަލްމާން ހާން އާއި ރޮނާލްޑޯ ގުޅިގެން މަސައްކަތް ކުރާނެ ކަމެއް އަދި ބެލެވެން ނެތް ނަމަވެސް ބޮކްސިން އިވެންޓުގައި އެ ދެމީހުން ފެނުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ބޮލީވުޑް އާއި ފުޓްބޯޅައިގެ ސަޕޯޓަރުންގެ ހަނދާން ހުންނާނެ ކަމެއްކަން ޔަގީނެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް