ads
ގާޒާއަށް އެހީވާން އެމްޕީއެލުން ދޭ އެހީގެ ރަމްޒީ ޗެކު އެ ކުންފުނީގެ ސީއީއޯ ޝާހިދު ހަވާލުކުރައްވަނީ - ފޮޓޯ:އެމްޕީއެލް
ފަލަސްތީނަށް އެހީވާން އެމްޕީއެލުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި
ގާޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އެމްޕީއެލުން މި ފައިސާ ހަދިޔާކޮށްފައިވަނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ހިންގަމުން އަންނަ ދެ ފަންޑަކަށެވެ. އެއީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ހިންގާ "ފަލަސްތީނު ރިލީފް ފަންޑް" އާއި އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހިންގަމުންދާ "ގާޒާ އެމަޖެންސީ ރިލީފް" ފަންޑެވެ.

ފަލަސްތީން ރިލީފް ފަންޑަށް އެ ކުންފުނިން ބައި މިލިއަން ރުފިޔާ ހަދިޔާކުރިއިރު، ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް 65،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

މި އެހީއަކީ އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި އެހީއެއް ކަމަށް އެމްޕީއެލުން ބުނެ އެވެ.

އެމްޕީއެލުން ބުނެފައިވަނީ ފަލަސްތީނަށް އެހީވުމަށް އެމްޕީއެލްގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމުގެ ގޮތުން ރާއްޖޭގައި ހިންގަމުން އަންނަ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ފައިސާ ހޯދުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންދާއިރު، އައިއޭސީން ހިންގާ 'ގާޒާ އެމަޖެންސީ ރިލީފް 2023' އަށް މިހާތަނަށް ދިވެހިންގެ ފަރާތުން 24 މިލިއަން ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް