ads
މަތިވެރި
އިޒްރޭލު ޕާސްޕޯޓާއެކު މަތިވެރިއަށް އެރުން ހުއްޓުވަނީ
އިޒްރޭލު ޕާސްޕޯޓާއެކު އއ މަތިވެރިއަށް އެރުން ހުއްޓުވަން އެރަށު ކައުންސިލުން މަސައްކަތް ފަށައިފިއެވެ.
Advertisement

އެ ކައުންސިލުން ފާސްކޮށް އިއްޔެ ނެރުނު ބަޔާނެއްގައިވަނީ އިޒްރޭލުން ގައްޒާއާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްފައެވެ. 

އެ ކައުންސިލުން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާފައިވަނީ ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވައިދިނުމަށެވެ.

މަތިވެރިއަށް ފަތުރުވެރިން ގެންނަ ފަރާތްތަކަށް ކައުންސިލުން އިލްތިމާސްކުރީ އިސްރާއީލަށް ނިސްބަތްވާ އެއްވެސް ފަތުރުވެރިޔަކު އެރަށަށް ނުގެނައުމަށްވެސް ވަނީ ގަރާރުގައި އަންގާފައެވެ. 

"ބައިތުލްމަގުދިސްއާއި މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ބިމަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ޔަހޫދީންނަށް އިހުސާންތެރިވެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިން ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރި، އެމީހުންގެ ގޯތި ގެދޮރުން ނެރެ، ބިންތައް ފޭރި، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދުކޮށް، އާންމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓާތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް އިސްރާއީލުން އަންނަނީ ދެމުން،" މަތިވެރި ކައުންސިލުން ބުންޏެވެ.

އިސްރާއީލު މީހުން އެރަށަށް އެރުމަކީ ރަށުގެ އަމާންކަމާއި ސުލްހަމަސަލަސްކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރުމާއެކު، މަތިވެރި ކައުންސިލުން ބުނެފައިވަނީ ފަލަސްތީނުގެ ބިންތައް ފޭރިގަނެ އުފައްދާފައިވާ ޔަހޫދީ ދައުލަތްކަމަށްވާ އިސްރާއީލުގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކު އެ ރަށަށް އެރުމަކީ ކައުންސިލުން ރުހޭ ކަމެއް ނޫންކަމަށް ގަރާރުގަ ވަނީބުނެފައެވެ. 

"ބައިތުލްމަގުދިސްއާއި މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ބިމަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ޔަހޫދީންނަށް އިހުސާންތެރިވެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިން ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރި، އެމީހުންގެ ގޯތި ގެދޮރުން ނެރެ، ބިންތައް ފޭރި، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދުކޮށް، އާންމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓާތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް އިސްރާއީލުން އަންނަނީ ދެމުން،" މަތިވެރި ކައުންސިލުން ބުންޏެވެ.

އެކައުންސިލުން ބުނީ  ބޭހާއި ފެނާއި ކަރަންޓުފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކުން ފަލަސްތީނު ރައްޔިތުން މަހުރޫމުކޮށް، އާއިލާތައް ނިދާފައި ތިއްބައި ޤަތުލުކޮށް، އަމިއްލަ ވަޒަނުގައި ފަލަސްޠީނު ރައްޔިތުން އިސްރާއީލުން ނިކަމެތިކުރަމުދާކަމަށް އެ ކައުންސިލުގެ ގަރާރުގަ ބުނެފައިވެއެވެ. 

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް