ads
ޑރ. މުއިއްޒު
މޫސުން ތަން ނުދޭނަމަ ހުވާކުރުމުގެ ޖަލްސާ އޮންނާނީ މަޖިލީހުގައި
މޫސުން ތަން ނުދޭނަމަ އިންތިހާބީ ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާރު ބާއްވާނީ ރައްޔިތުންގެ މަޖިލީހުގަ ކަމަށް މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މިއަދު ވާހަކަ ދައްކަވަމުން ޒިޔާއު ވިދާޅާޅުވީ، ޖަލްސާ ބާއްވަން ރާވާފައި އޮތީ ޖުމްހޫރީ މައިދާނުގަ ކަމަށެވެ. ނަމަވެސް މޫސުން ތަން ނުދޭނަމަ ޖަލްސާ ބާއްވާ ލޮކޭޝަން ބަދަލުކުރާނެކަމަށެވެ. 

"މޫސުން ތަން ނުދޭނަމަ ޖަލްސާ އޮންނާނީ މަޖިލިސް ކުރާ ގޭގަ،" -ހަސަން ޒިޔާއު-

ޒިޔާއު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އިން ވަނީ ޑރ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް ހުރަސްއެޅުމުގެ ރޫހެއް ނެތްކަމަށް މިއަދު ބުނެފައެވެ. 

މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަސްލަމް ވިދާޅުވީ ހުވާ ކުރުމުގެ ޖަލްސާ ބޭއްވުމަށް ވެސް ނިންމާފައިވަނީ މަޖިލީހުގެ ތަޅުމުން ބޭރުގައިކަމަށެވެ. އެހެންކަމުން މަޖިލިސް ހުއްޓުވަމުން އަންނަގޮތައް އެ ޖަލްސާ ހުއްޓުވަން އެ ބޭފުޅާ ނިސްބަތްވާ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ރޫހެއް ނެތްކަމަށެވެ. 

މިއަދު އެމްޑީޕީން އެހެން ބުނި ނަމަވެސް، މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވުނީ މަޖިލީހުގައި އެމްޑީޕީން ހުޅުތާލުކުރުމުންނެވެ. އެމްޑީޕީގެ ކަންބޮޑުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރެއް އެޕާޓީން ހުށަހަޅާފައިވީނަމަވެސް، މަޖިލީހުގައި އެ ގަރާރުގެ މަސައްކަތްތައް ކުރިއަށް ނުދިއުމެވެ. 

މިއަދުގެ ޖަލްސާއަށް އޮތީ ބަޖެޓު ހުށަހެޅުމަށް އެޖެންޑާކޮށްފައެވެ. 

އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުން އަންގާ ގޮތެއްގެ މަތިންކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް