ads
‏ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، އާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓަށް ހުށަހެޅި ނަޝީދުގެ މައްސަލައަށް ތަދައްހުލްވާނަން: އާޒިމް
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލު ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފި އެވެ.

މި އަހަރުގެ ތިން ވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އާދިއްތަ ދުވަހާއި ހޯމަ ދުވަހު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރި އެވެ. ނަމަވެސް ޖަލްސާގެ ރިޔާސަތުގައި އިންނަވަން ޖެހޭ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހުވެސް މަޖިލީހަށް ސަލާން ފޮނުއްވުމާ ގުޅިގެން އެ ދެ ދުވަހުގެ ޖަލްސާވެސް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދުގެ މައްސަލަ މަޖިލިހުގައި ކުރިއަށް ނުދާތީ އެމްޑީޕީން ވަނީ މައްސަލައަށް ހައްލެއް ހޯދުމަށް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.

މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ވިދާޅުވީ ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަކީ ރައީސް ނަޝީދާ ގުޅުންހުރި މައްސަލައެއް ކަމުގައި ވީނަމަވެސް ހަގީގަތުގައި އެއީ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ދަ ޑިމޮކްރެޓްސްއިން ތަދައްހުލްވާނެ ކަމުގަ އެވެ.

އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ ތަފާތު މައްސަލަތައް އުފައްދައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުން ހުއްޓުވަން ކަމަށް އާޒިމް ތުހުމަތުކުރެއްވި އެވެ. އާޒިމް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މުއިއްޒުގެ ހުވާކުރުމުގެ ޖަލްސާއަށް ހުރަސް އެޅުމަށް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް