ads
މާރިޔާ އަހުމަދު ދީދީ
ރާއްޖޭގެ ބޯޑަރުގެ ބޭނުން ނަހަމަގޮތުގައި ބަޔަކު ހިފާ: މާރިޔާ
ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއްކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ބޯޑަރު ވަރަށް ބޮޑަށް ހުޅުވާލާފައި އޮތުމުން އެކަމުގެ ބޭނުން ނަހަމަގޮތުގައި ބަޔަކު ހިފާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެންޓި ހިއުމަން ޓްރެފިކިން އާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފަށްތަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި މާރިޔާ ވިދާޅުވީ، އިންސާނީ ވަގުފާރީގެ ބޭނުން ހިފާ މީހުން ދިވެހިރާއްޖެއަކީ ޓްރާންސިޓު ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރަކަމަށެވެ. 

"އަޅުގަނޑުމެންގެ އިމިގްރޭޝަންގެ ކަންކަން ބާއްވަން ގިނަ ފަރާތްތަކުން ބޭނުންވަނީ ވަރަށް ފަސޭހަކޮށް. ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ބޯޑަރއެއް އަޅުގަނޑުމެންގެ މި އޮންނަނީ. އެހެންވީމާ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން ރާއްޖެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮވެދާނެ،"

އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އެމީހުންނަށް ހާއްސަކޮށް ތިބެވޭނެ ތަނެއް ޤާއިމްކުރުން މުހިންމުކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. 

އިންސާނީ ވަގުފާރީގެ ކަންކަމުގައި ކާމިޔާބު އަދި ދެމެހެއްޓެނިވި މަސައްކަތުގެ އެންމެ މުހިންމު އެއް ބިންގަލަކީ ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުންކަމަށެވެ.
ޑިފެންސް މިނިސްޓަރު ވަނީ މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކުރެވި، ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެނުންކަމަށް ވިދާޅުވެފައެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް