ads
އަނުޝްކާ ޝަރުމާ
އަނުޝްކާ ޝަރުމާ އަނެއްކާވެސް ބަނޑުބޮޑު ކަން ފަޅާއަރައިފި
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އޭނާގެ އެންމެ ފަހުގެ ވީޑިއޯއާ އެކު އަނެއްކާވެސް ދެވަނަ ފަހަރަށް ބަލިވެ އިނުމުގެ އަޑުތައް ފެތުރިއްޖެއެވެ.

މި އަޑު ފެތުރުނީ އަނުޝްކާ ޝަރްމާގެ އާ ވީޑިއޯއަކުން އޭނާގެ ބޭބީބަމްޕު ފެނުމުންނެވެ

ގޭގެ އިންޓީރިއާ ބްރޭންޑެއްގެ އިޝްތިހާރެއްގެ އެ ވީޑިއޯއިން ފެންނަނީ އަނުޝްކާ ލައިގެން ހުންނަނީ ލުއި ފިޓިން ހުދު ޓޮޕަކާއި ފަޓުލޫނެކެވެ. ނަމަވެސް ފޭނުންނަށް އަޅައިގަތީ އެނާގެ ބެބީ ބަމްޕެވެ.

އަނުޝްކާ ދެ ވަނަ ފަހަރަށް ބަލިވެ އިނުމުގެ އަޑުތައް އެންމެ ފުރަތަމަ ފެންމަތިވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ލޫސް ފިޓިން ހެދުމެއް ލައިގެން އާންމުންގެ ތެރެއަށް ނުކުތުމުންނެވެ. ނަމަވެސް އަނުޝްކާ އާއި އޭނާގެ ފިރިމީހާ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އަދި މި ޚަބަރު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަނުޝްކާ އާއި ވިރާތު ދެ ވަނަ ދަރިފުޅަށް އުއްމީދު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ ފޭނުން ވަނީ ސޯޝަލް މީޑިއާ އަށް ފޯރި ނަގާފައެވެ.

ނަމަވެސް ބައެއް ފޭނުން ވެސް ވަނީ އަނުޝްކާގެ ބަނޑު ފޮރުވާތީ އޭނާގެ ހަށިގަނޑާ މެދު ލަދުގަންނަން ނުޖެހޭނެ ކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި މީގެ ކުރިން ވެސް އަނުޝްކާ އަކީ ބޮޑީ ޕޮޒިޓިވިޓީ އަށް ވޯކަލް އެޑްވޮކޭޓަރެއް ކަމަށް ވެސް އެމީހުން ވަނީ ފާހަގަކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް