ads
ތިލަފުށި ދެ ވަނަ ފިޔަވަހީގެ އޭރިއާ ބީ ގެ ބިން ހިއްކައި ވަނީ ނިންމާފައި - ފޮޓޯ:އާބަންކޯ
ތިލަފުށި ދެ ވަނަ ފިޔަވަހީގެ އޭރިއާ ބީ ގެ ބިން ހިއްކާ ނިންމައިފި
ތިލަފުށީ ދެ ވަނަ ފިޔަވަހީގައި ހިއްކުމަށް ކަނޑައެޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކާ ނިންމައިފި އެވެ.

އާބަންކޯއިން ބުނީ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކަން ކަނޑައެޅި އޭރިއާތަކުގެ ތެރެއިން އޭރިއާ ބީ ގެ ގޮތުގައި ހިއްކާފައިވަނީީ 39.6 ހެކްޓަރުގެ ސަރަހައްދެއް ކަމަށެވެ. މި އޭރިއާ ހިއްކާ ނިމުމާ އެކު، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. 

އާބަންކޯއިން ބުނެފައިވަނީ އޭރިއާ އޭ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އޭރިއާ އޭ ގެ ގޮތުގައި 71.5 ހެކްޓަރުގެ އޭރިއާއެއް ހިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށް އާބަންކޯއިން ބުނެ އެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އާބަންކޯއިން ބުނި ގޮތުގައި ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވާ ކަމުގަ އެވެ. އެކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގުތިިސޯދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އާބަންކޯއިން ބުނީ ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ އަދި ގުޅީފަޅު ތިލަފުއްޓާ ގުޅާލެވުމުން މި ސަރަހައްދަށް އިގުތިސޯދީ ގޮތުން ކުރިއެރުންތައް އަންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް