ads
ޔަމަނުގެ އަސްކަރިޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނަރަލް ޔަހްޔާ ސަރީ—
ޔަމަނުން އިޒްރޭލް އާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފި
ފަލަސްތީނުގައި ހިންގަމުން އަންނަ ލޭއޮހޮރުވުންތަކާ ގުޅިގެން ޔަމަނުން އިޒްރޭލް އާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފި އެވެ.

ހަނގުރާމަ އިއުލާނު ކުރުމުން ޔަމަނަކީ "އަލް އަގްސާ ތޫފާން" އޮޕަރޭޝަނާއި ގުޅުނު ފުރަތަމަ ގައުމެވެ.

ހަނގުރާމަ އިއުލާނުކޮށް ޔަމަނުން ވަނީ ގިނަ އަދަދެއްގެ ކުރުޒް މިސައިލް އަދި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާދީފައެވެ.

ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވަނީ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ކުރާ އަނިޔާ ހުއްޓަންދެން އިޒްރޭލަަށް ހަމަލާ ދިނުން ކުރިއަށް ދާނެކަމަށް ބުނެފައެވެ.

ޔަމަނަކީ މެދުއިރުމަތީގައި ހުންނަ އެމެރިކާ އަދި އިޒްރޭލުގެ އަސްކަރީ ބޭސްތަކަށް ހަމަލާދެވޭނެ ގާބިލްކަން ހުރި މިސައިލް އަދި ޑްރޯންވެސް ލިބިފައިވާ ގައުމެކެވެ. 

ޔަމަނު ހަނގުރާމައަށް ވަނުމުން ސައުދީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ވެސް ހަމަލާތައް އަމާޒުވުން އެކަށީގެންވެެއެވެ.

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް