ads
މޯލްޑިވިއަނުން ވަނީ އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށާފައި - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަނުން ބެންގަލޫރަށް ދަތުރުތައް ކުރަނީ
ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށައިފި އެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުދަ ދުވަހު އޮންނަ މި ދަތުރުތައް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ބެންގަލޫރު އެެއާޕޯޓަށެވެ. މޯލްޑިވިއަންގެ ވެބްސައިޓު މެދުވެރިކޮށް މި ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތާއި ފްލައިޓުތަކަށް ބުކް ކުރެވޭނެ އެވެ.

ބެންގަލޫރު ދަތުރުތަކުގެ ޝެޑިއުލް ރާވާފައިވަނީ ޗުއްޓީ އާއި ވިޔަފާރި ބޭނުމަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ވާނެހެން ކަމަށް މޯލްޑިވިއަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

your imageމޯލްޑިވިއަނުން ވަނީ އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށާފައި - ފޮޓޯ:މޯލްޑިވިއަން

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި ބެންގަލޫރަށް ފަށާ ފްލައިޓުތަކާ އެކު، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އިގުތިސޯދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް ކަމުދާ ގޮތަށް ދަތުރުތައް ހިޔާރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމުގަ އެވެ.

މޯލްޑިވިއަނުން އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް