ads
ފ. އަތޮޅު މަދަރުސާގެ ދަރިވަރުން ތަށި ހިފައިގެން
އިންޓަސްކޫލް ވޮލީ، 14 އަހަރުން ދަށުގެ ތަށި ފ. އަތޮޅު މަދަރުސާއަށް
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން، ފ.އަތޮޅު މަދަރުސާ އިން ހޯދައިފިއެވެ.
Advertisement

ފ. އަތޮޅު މަދަރުސާއަކީ، އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ ފަހުގެ ޗެމްޕިއަނުންވެސް މެއެވެ. ފ. އަތޮޅު މަދަރުސާ އިން މިއަހަރުގެ ތަށި ހޯދީ، ރޭ ކުޅުނު ފައިނަލުގައި ކެޔޮދޫ ސްކޫލް ބަލިކޮށްގެންނެވެ. ކެޔޮދޫ ސްކޫލު އަތުން ފ. އަތޮޅު މަދަރުސާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެއީ،  25-07، 25-19 އަދި 25-15 އިންނެވެ.

14 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފ. އަތޮޅު މަދަރުސާގެ އަލޫފްގެ އިތުރުން، ޔޫސުފް ޙުސެއިން، އަކުމަލް، އިކާން ޢަބްދުލް ޣައްފާރު، ރަނަރަޕް ކެޔޮދޫގެ އައްމާރު ބިން އަޙުމަދު، މުޙައްމަދު ރައިހާން ރަޝީދު އަދި އާދަމް އާދު އިދުރީސް (ލިބަރޯ) އެވެ. މި ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ފ. އަތޮޅު މަދަރުސާގެ އަލީ ޒާހިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް