ads
ޕްރިޔަންކާ ޗޯޕްރާ އަދި ރިތިކް
12 އަހަރު ފަހުން ރިތިކްއާ ޕްރިޔަންކާ ޗޯޕްރާ ކްރިޝްއަށް
ރިތިކް ރޯޝަން ވަނީ ކްރިޝް 4 ގެ ސްކްރިޕްޓް ފައިނަލްކޮށް، ޝޫޓިން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަށަން ތައްޔާރުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ޕްރިޔަންކާ ޗޯޕްރާއާ އަންނަނީ ކްރިޝް 4 ކުޅުމަށް ވާހަކަތައް ދެކެވެމުންނެވެ. 

ޕްރިޔަންކާ ވަނީ ކްރިޝްއާއި ކްރިޝް 3 ގައިވެސް ރޯލުތަކެއް ކުޅެފައެވެ.  

ޕްރިޔަންކާ ޗޯޕްރާ އަކީ މިހާރު މުޅި ދުނިޔޭގެ ސުޕަސްޓާރެކެވެ. އެންމެ ފަހުން އޭނާ ކުޅުނު ބޮލީވުޑް ފިލްމަކީ 2015 ވަނަ އަހަރު ބަޖިރާއޯ މަސްތާނީ އެވެ.

އެ ފިލްމުގެ ފަހުން ވެސް ޕްރިޔަންކާ ބޮލީވުޑް ފިލްމެއް ކުޅެން ފެށިއެވެ. ދާދި ފަހުން ކެޓްރީނާ ކައިފް އާއި އާލިއާ ބަޓް އާއެކު ފިލްމު ޖީ ލެ ޒާރާ ކުޅެން ފެށިއެވެ.  ނަމަވެސް އެ ފިލްމު ވަނީ ހުއްޓާލައިފައެވެ.

ޖުމްލަކޮށް ބަލާއިރު  12 އަހަރަށް ފަހު ރިތިކް ރޯޝަން އާއި ޕްރިޔަންކާ ޗޯޕްރާ ކްރިޝް 4 އަށް އަލުން ފެނިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް