އަންގާރަ ދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އަލް އިއްތިފާގު އަތުން އަލް ނަސްރު މޮޅުވިއިރު، މި ލަނޑަކީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި މާނޭ ޖެހި ލަނޑެކެވެ. އިތުރު ވަގުތު ކުޅެން ޖެހުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރިހަމަ ވަގުތު ހަމަވުމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ނަސްރުގެ ބްރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އެހެންކަމުން ރޮނާލްޑޯގެ އަލް ނަސްރު، މި މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ސައުދީ ކިންގް ކަޕަކީ 1957 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މުބާރާތެކެވެ.