އާބަންކޯއިން ބުނީ މި އިވެންޓް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ހަވީރު 4:00 އިން ފެށިގެން 6:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10 އަށް ސެންޓްރަލް ޕާކުގައި ކަމަށެވެ.
މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އާބަންކޯއިން ބުނެފައިވަނީ މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހަދިޔާކުރެވޭނެ ކަމަށެވެ.
ވީހާވެސް ގިނަ ފަރާތްތަކުން މި އިވެންޓުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިއްސާވުމަށް އާބަންކޯގެ ފަރާތުން ވަނީ އެދިފަ އެވެ.