ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ކުރުމަށްޓަކައި އަލަށް ފަށްޓަން އުޅޭ ޕްރޮޖެކްޓްގެ މަސައްކަތް ޓެންޑާ ކުރުމުގެ މަރުހަލާގައި ކުރިއަށްދާ ކަމަށް ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ. 
                            
                            
                            
                               
                               
Advertisement
 ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ކުރުމަށްޓަކައި އަލަށް ފަށްޓަން އުޅޭ ޕްރޮޖެކްޓްގެ މަސައްކަތް ޓެންޑާ ކުރުމުގެ މަރުހަލާގައި ކުރިއަށްދާ ކަމަށް ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ. 
ފުވައްމުލަކުގެ ގިރަމުންދާ ސަރައައްދު ހިމާޔަތް ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެހެންކަމުން މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ސީއެންއެމާއި ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ އެ މަސައްކަތް ޓެންޑާގެ މަރުހަލާގައި ކުރިއަށްދާ ކަމަށް ފިނޭސް މިނިސްޓްރީން ހާމަ ކުރާ ކަމަށެވެ.
ފިނޭސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އެ މަސައްކަތް މިހާރު އޮތީ އިވެލުއޭޝަން މަރުހަލާގައެވެ. އެ މަސައްކަތަށް ބޭނުންވާ ފަންޑު މިހާރު ހުރީ ހަމަޖެހިފައި ކަމަށާއި ނަމަވެސް އިވެލުއޭޝަނަށް އެ މަސައްކަތް ހަވާލުކޮށްފައި މިވަނީ ދެވަނަ ފަހަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެހެންނަމަވެސް އޭރު ދިމާވީ ކޮން މައްސަލައެއް ކަން ނޭގޭ ކަމަށާއި އަދި މިނިސްޓްރީންވެސް އެކަން ހާމަކޮށްފައި ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންނަމަވެސް ލަސްތަކެއް ނުވެ ދެ ވަނަ ފަހަރަށް އެ މަޝްރޫއު އިވެލުއޭޝަނަށް އިއުލާން ކޮށްފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މީގެ ކުރިންފިނޭސް މިނިސްޓްރީން ކުރި  ޓުވީޓެއްގައި ބުނެފައިވަނީ ފުވައްމުލަކުގެ 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތް ކުރަން ޖެހޭ އިރު، އެ މަސައްކަތް ކުރާނެ ބޭރުގެ ބަޔަކު ހޯދަން ނިންމާފައިވާ ކަމަށެވެ. 
މިއީ، ނެދަލެންޑްސްގެ އެއިޑް އެޖެންސީ އާއި ކުވައިތު ފަންޑުން ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
މިއީ، ރާއްޖޭގެ ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއެވެ. ފުވައްމުލަކުގެ އިރުމަތިން ބޮޑު ބައެއް ގިރާލާފައި އޮތް އިރު، ރަށް ގިރުމުގެ ޝަކުވާ ވެސް ބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަފާ ކުރި ގޮތުގައި، އެ މަޝްރޫއަށް 300 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރު ބަދަލުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑިޕީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ލަސްވީ ޔާމީންގެ ސަރުކާރުން ކަން ކުރި ގޮތުން ކަމަށް ވެސް ޝާހިދު އޭރު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ދެ ފަހަރެއްގެ މަތިން ކުވެއިތު ފަންޑުގެ ޗެއާމަން އަދި ކުވެއިތުގެ ޚާރިޖީ ވަޒީރު ސަބާހު އަލް ޚާލިދު އަލް ސަބާހާ ބައްދަލުކުރައްވައި އެ މަޝްރޫއުއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.