ads
ރައީސް އަބްދުﷲ ޔާމިން: ފޮޓޯ ޓައިމްސް އޮފް އައްޑު
ލުއިތައް އަނބުރާ ގެންދާންޖެހިދާނެ ކަމުގެ އިންޒާރު ރައީސް ޔާމިން އަށް
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަށް ކަރެކްޝަނުން ދީފައިވާ ލުއިތައް އަނބުރާ ގެންދަންޖެހިދާނެކަމުގެ އިންޒާރު ކަރެކްޝަނުން މިއަދު ދީފިއެވެ.

މި އިންޒާރު ރައީސް ޔާމިންއަށް ކަރެެކްޝަނުން ދީފައިވާއިރު އެމަނިކުފާނު އަންނަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެލައްވަމުންނެވެ. 

މިގޮތުން އެމަނިިކުފާނު ހުކުރު ދުވަހު ރަށު ބަންދަށް ބަދަލުކުރި ފަހުން ވަނީ ޕީޕީއެމް އޮފީހުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވައިފައެވެ. އަދި އަންނަ ހުކުރު ދުވަހު މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ވަނީ ރާވާފައެވެ. 

ރައީސް ޔާމިން ގެންދަވަނީ 11 އަހަރުގެ ޖަލުހުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމެކެވެ.

މިހެންކަމުން ކަރެކްޝަނުން ލުއި ދީ ރައީސް ޔާމިން ރަށުބަންދަށް ބަދަލުކުރިއަށް އެމަނިކުފާނަކީ ގައިދީއެކެވެ. ގައިދީން ސިޔާސީ ޕާޓީއެއްގައި އުޅުން ފިޔަވައި އިތުރު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ މަނާކަމެކެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް