ads
އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު (ކ) ގައި އަދި އޭނަގެ ލޯޔަރު އަލީ ސައީދު --- ފޮޓޯ/ސޯޝަލް މީޑިއާ
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވަކިކުރީ ގާނޫނާ ހިލާފަށް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މަގާމުން ވަކިކޮށް، އެހެން މަގާމަކަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އެ މަގާމު އަލުން އޭނާއަށް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމުން މުހައްމަދު ޝުޖާއު އަބްދުލްރަހީމް ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އޭނާ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޓްރިބިއުނަލުން މިއަދުވަނީ އަންގާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަރަބިއްޔާގް ޕްރިންސިޕަލްކަމުން ޝުޖާއު ވަކިކުރުމަށްފަހު އޭނާ ބަދަލުކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މަގާމަކަށެވެ.

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ދުރުކޮށް، އަރަބިއްޔާގެ ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަރަބިއްޔާގެ ބެލެނިވެރިން އޭރު ބުނިގޮތުން ޝުޖާއު މަގާމުން ވަކިކުރީ އަރަބިއްޔާގެ ބެލެނިވެރިން ކުރިއަށް ގެންދާ ސޭވް އަރަބިއްޔާ ކެމްޕެއިން ހުއްޓުވަން ޝުޖާއު މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނީ، އެބަދަލު ގެނައީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް