އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ސަރުކާރުގެ ބައެއް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން އަންގާފައިވަނީ އެތަންތަނާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
އަދި އެ މައްސަލަތަކުގައި ހިމެނޭ ތުހުމަތުކަށް ބަލާއިރު އެކަންކަން މި ދުވަސްވަރު ނުހުއްޓުވައިފިނަމަ ދައުލަތަށާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮތުމުން ކަމަށްވެސް އޭސީސީން ބުންޏެވެ.
އެ އެންގުންތަކަކީ ވަގުތީ އެންގުންތަކެއްކަން ފާހަގަކޮށް އޭސީސީން އިތުރަށް ބުނެފައިވަނީ ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެންގުމަށް ބަދަލު ގެންނަންޖެހޭ ނަމަ އެކަން އަންގާނެ ކަމަށެވެ.
ހުއްޓާލަން އަންގާފައިވާ ބައެއް ތަންތަނާ ގުޅޭގޮތުން އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގުތައް ހާއްސަ އިސްކަމެއްދީގެން ވީހާވެސް އަަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.