ads
އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސާވިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު--
އެމްއައިބީން ބ. އަތޮޅު ސާވިސް ސެންޓަރު އޭދަފުށީގައި ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އަތޮޅު ސާވިސް ސެންޓަރު އޭދަފުށީގައި ހުޅުވައިފި އެވެ.

އޭދަފުށީގައި މި ސާވިސް ސެންޓަރު ހުޅުވައި ދެއްވީ އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ފާތިހުއާއި، ބ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.

އެމްއައިބީން ބުނީ މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްދޭ ސެންޓަރެއް ކަމަށެވެ. ފައިސާ ޖަމާކުރުމާއި ނެގުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށްލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެ ބޭންކުން ބުނީ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ އޮންލައިންކޮށް، އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް އަމިއްލައަށް ރަޖިސްޓްރީ ކޮށްލެވޭ ކަމަށެވެ. އަދި ބޭންކްގެ އެކި ހިދުމަތްތަކަށް މުވަޒަފުންގެ އެހީ ހޯދޭނެ އެވެ.

އެމްއައިބީން ބުނީ ފައިނޭންސިންގެ ހިދުމަތެއް ހޯދުމަށް ދެން އެ ސަރަހައްދުގެ ރައްޔިތުން މާލެ އަންނަން ނުޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް