ފުލުހުން ބުނިގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ދަގަނޑު ޖަހައިގެން މަސް ހިފަން އެރަށު ފަޅުތެރެއަށް މިރޭ ފައިބައިގެން އުޅުނު 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެރަށު ސިއްހީ މަރުކަޒާ ހަވާލާދީ އޭނާ މަރުވެފައިވާކަން ފުލުހުން ޔަގީންކޮށްދީފައިވާއިރު، ފުލުހުން ބުނިގޮތުގައި މަސް ހިފަން ފަޅުތެރެއަށް ފައިބައިގެން އުޅުނު އެ މީހާގެ ގައިގާ ޖެހިފައިވަނީ އެވަގުތު އެރަށު ފަޅަށް ވަންނަން އައި ލޯންޗަކުން ނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެވަގުތު އެތަނުގައި މަސް ހިފަން އުޅުނީ އެއަތޮޅު ކަނޑުހުޅުދޫ ބައެކެވެ. އެ ހާދިސާގައި މަރުވެފައިވަނީ ވެސް ކަނޑުހުޅުދޫ މީހެކެވެ. އޭނާގެ ގައިގާ ލޯންޗުން ޖެހުނީ އެރަށު ނެރު ކައިރިން ކަމަށް ވެއެވެ.
މި ހާދިސާ ހިނގީ ސީދާ ކިހާ އިރަކު ކަމެއް އަދި އޭނާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.