ads
ޝާހުރުކް ހާންގެ 58 ވަނަ އުފަން ދުވަހުގައި ފޭނުންނާ ބައްދަލުކުރަނީ
ޝާހުގެ އުފަން ދުވަސް ފާހަގަކުރަން އެތައް ހާސް ބަޔަކު އެއްވެއްޖެ
ބޮލީވުޑުގެ "ރަސްގެފާނު" ޝާހުރުކް ހާންގެ އުފަން ދުވަސް ފާހަގަކުރަން، އޭނާގެ ގެ 'މަންނަތު' ކައިރިއަށް އެތައް ހަސް ބަޔަކު އެއްވެއްޖެއެވެ.

ޝާހު ވަނީ އެނާގެ 58 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް މަންނަތުގައި އޭނާ ފޭނުންނާ ބައްދަލުކުރުމަށް ހާއްސަކޮށްފައިވާ ޕްލެޓްފޯމް އަށް އަރާ ފޭނުންނަށް ޓާޓަކިޔައި ހަދައިފައެވެ. 

ޝާހުރުކް ހާންގެ އުފަން ދުވަހަކީ ނޮވެމްބަރު 2 ކެވެ.  

ޝާހު ވަނީ އޭނާގެ ކޮންމެ އުފަންދުވަހެއްގައިވެސް އޭނާ މަންނަތުން ފޭނުންނާ ބައްދަލުކުރާނެކަމަށް ވައުދުވެފައެވެ. 

އިންޑިއާގެ މުމްބާއީގައި ހުންނަ އޭނާގެ ބަންގުލޯ ކައިރިއަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެފައިވާއިރު، އެމީހުން ކޮންޓްރޯލް ކުރުމަށް ފުލުހުންނަށްވެސް ނުކުންނަށް ޖެހުނެވެ. 

ޝާހު އެންމެ ފަހުން ނެރުނު ފިލްމަކީ ޖަވާންއެވެ. ޖަވާން ވެސް ވަނީ އިންޑިއާ އަދި މުޅި ދުނިޔޭގައިވެސް ސުޕަހިޓް ފިލްމަކަށް ވެފައެވެ. 

ޖަވާންގެ ބޮކްސް އޮފީސް ކަލެކްޝަން ވަނީ މުޅު ދުނިޔެއިން 140 މިލިއަން ޑޮލަރަށް އަރާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް