ads
ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު: ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭނެ ފައިދާހުރި ބޮޑު މަޝްރޫއެއް ނުހިންގި މި ސަރުކާރުގެ ދަރަނިވީ އިތުރު ކަމަށް - ފޮޓޯ:ޕީޕީއެމް
ދައުލަތަށް ފައިދާވާ މަޝްރޫއެއް ނުހިންގި މި ސަރުކާރުގެ ދަރަނިވީ ބޮޑު: ސައީދު
ދައުލަތަށް އާމްދަނީ ލިބޭނެ ފައިދާހުރި ބޮޑު މަޝްރޫއެއް ނުހިންގި މި ސަރުކާރުގެ ދަރަނިވީ އިތުރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތު މިވަގުތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ. އެގޮތުން ބޭރުގެ ދަރަނި ގާތްގަނޑަކަށް 125 ބިލިއަން ރުފިޔާއަށް އަރާއިރު، މި ސަރުކާރުން އެކަނި އުފަންކުރި ދަރަނި ގާތްގަނޑަކަށް 75 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ސައީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސައީދު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތް ނަމަވެސް، ދައުލަތަށް އާމްދަނީއެއް ވަންނާނެ ފަދަ ފައިދާހުރި ބޮޑު މަޝްރޫއެއް މި ސަރުކާރަށް ހިންގިފައި ނުވާ ކަމަށެވެ. ތިލަމާލެ ބްރިޖު މަޝްރޫއު ނުނިމި ދިގުލައިގެން ދިޔުން މިކަމުގެ މިސާލަކަށް ފުދޭ ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ސިޔާސީ އެކި ބޭނުންތަކަށް މި ސަރުކާރުން ދަރަންޏަށް ނެގި ފައިސާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާ ސައީދު ވިދާޅުވި ގޮތުގައި އާމްދަނީ ލިބޭ މަޝްރޫއެއް ނެގި ލޯނުތަކުން ނުހިންގޭ ކަމުގަ އެވެ.

"އަވަށްޓެރި ބައެއް ގައުމުތަކުން، ހާއްސަކޮށް އިންޑިއާއިން ނަގާފައިވާ ދަރަނި 3.2 ބިލިއަން 3.5 ބިލިއަން އެމެރިކާ ޑޮލަރަށް އެބަ އަރާ. އެހެންނަމަވެސް، އެ ނެގި ދަރަންޏެއް ރިއަލައިޒްވެފައެއް ނެތޭ މަޝްރޫއަކަށެއް. ސީދާ އާމްދަނީ ލިބޭނެ މަޝްރޫއަކަށް،" - ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ދިވެހިންގެ މަސްލަހަތާއި ތަރައްގީ އާއި ކުރިއެރުމަށް އިސްކަންދޭ ސިޔާސަތެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް