ads
އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް: ވިދާޅުވީ މުއިއްޒުގެ ރަނިންމޭޓަކަށް ވުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމިންގެ ޝަރީއަތެއްގެ ތެރެއިން ކަމަށް
މުއިއްޒުގެ ރަނިންމޭޓްކަން ހުށަހެޅީ ޔާމީންގެ ޝަރީއަތެއްގެ ތެރެއިން: ސެމްބެ
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ވުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން ކަމަށް އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން "ދިވެހީންގެރާއްޖެ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސެމްބެ ފާހަގަކުރެއްވި ގޮތުގައި ރަނިންމޭޓުކަން ހުށަހެޅުއްވި ދުވަހުގެ ކުރީ ރޭ ޒުވާނުން އިސްކުރެއްވުމުގެ ވާހަކަފުޅުތަކެއް ޑރ. މުއިއްޒު އެމަނިކުފާނާ ދެއްކެވި ކަމުގަ އެވެ.

"އަޅުގަނޑު ހަމަ ހިތަކަށްވެސް ނާރާ. އަޅުގަނޑު އުންމީދުކުރި ކަމެއް ވެސް ނޫން އެ ހިސާބަށް އައިއިރުވެސް މިއީ. ވިދާޅުވީ ތިމަންނާ އެންމެ އިސްކަމެއް ދެއްވާނީ ގައުމުގެ ޒުވާނުންނަށޭ. ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގައި ޒުވާނުންގެ ވޯޓު ހޯދުމުގައި ތިމަންނާ ބޭނުންވާނީ އެ ކަންތައްތަކޭ. ބަލައިގަންނާނެ ކަންތައްތަކެއް އެބަހުއްޓޭ. އެހެންވީމާ އެ ކަންކަން ވިއްކުމަށްޓަކައި ޒުވާން ފޭސްއެއް ތިމަންނާ، އާ މޫނެއް ވާހަކައަކީ ތިމަންނާ ދައްކައިލަން ބޭނުމޭ،" - އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)

ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އޮތް ކަމަށާއި އެ އަޑުއެހުން މެދުކަނޑާލި ވަގުތު، ޑރ. މުއިއްޒު އެމަނިކުފާނަށް ރަނިންމޭޓުކަން ހުށަހެޅުއްވީ ކަމަށް ސެމްބެ ވިދާޅުވި އެވެ. އެހެންނަމަވެސް، އެ އަޑުއެހުމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

"ތިމަންނަ ވަރަށް ބޮޑު އެދުމެކޭ. ސެމްބެއަށް މިކަން ކުރެވޭނެކަން މިވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިމަންނައަށް ސާބިތުވެގެން ގޮސްފިއޭ. މިކަން ތިމަންނައައިގެން ކުރިއަށް ދާންވީ ނޫންހޭ އަދި ރައީސް ޔާމީންވެސް އެބަ އެދިލައްވައޭ ތިމަންނާ އަރިހުގައި ޒުވާނުންގެ ވޯޓަށްވެސް ޓާގެޓްކުރުމަށް،" - އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)

ސެމްބެ ވިދާޅުވީ މުއިއްޒުގެ އެ ހުށަހެޅުމަށް ގޮތެއް ނިންމަން ލިބިވަޑައިިގަތީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން އެ މަނިކުފާނުގެ ބައްޕަގެ ލަފާ ހޯއްދެވުމަށް ގުޅުއްވި ކަމަށާއި ކުރިއަށް ދިއުމަށް ވިދާޅުވި ކަމަށް ސެމްބެ ފާހަގަކުރެއްވި އެވެ.

ސެމްބެ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހަށް އެންމެ ފުރަތަމަ އިންތިހާބުވުމާ ހަމައިން ފެށިގެން މުއިއްޒު ދެކެދެނެވަޑައިގެން، ވާހަކަފުޅުދައްކަވަން ފެށުނު ކަމަށެވެ. މަޖިލިހުގެ މަސައްކަތްތަކުގެ ތެރެއިން މުއިއްޒުގެ ފަރާތްޕުޅުން އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށް ސެމްބެ ވިދާޅުވި އެވެ. ސެމްބެ ވިދާޅުވި ގޮތުގައި މުއިއްޒާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށާއި އެމަނިކުފާނަށް އިހުލާސްތެރިވެވަޑައިގަންނަވާނެ ކަމުގަ އެވެ.

73%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް