ރައީސް މައުމޫނު މިއަދު އެކްސްގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ހިނގައި ދިޔަ ކަންތައްތަކަކީ ދިވެހި ބާގީންނާއި ގުޅިގެން ހިންގާފައިވާ ކަންތައްތަކެއް ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ނޮވެންބަރު 3 ހަމަލާއިން ދިވެހިން ސަލާމަތްވިކަމަށްޓަކައި އަބަދުވެސް ﷲ އަށް ޝުކުރުވެރިވާންޖެހޭކަމަށެވެ.
"އެދުވަހު ދިވެހިޤައުމަށް މާތް ﷲ ދެއްވި މަތިވެރިނަޞްރަށްޓަކާ ދިވެހި ރައްޔިތުން އެކަލާނގެއަށް އަބަދާއަބަދު ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެންޖެހޭ. الحمد لله على كل نعمائه وأفضاله وتوفيقه الكبير لشعبنا وقواتنا المسلحة فى ذلك اليوم الخطير!،" - ރައީސް މައުމޫނު-
ތިނެއް ނޮވެމްބަރު 1988 ގެ އުދުވާނީ ޙަމަލާ ރާވާ ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާސިރެވެ. މި އުދުވާނީ ހަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް ( ޕައިލޮޓް ނަޢީމް )، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އަދި އުމަރު ޖަމާލެވެ.