ads
ޔަމަހާ މޮޓޯ ވީކެންޑް: އެލިއާއިން ކުރިއަށް ގެންދާ މި ހަރަކާތުގައި ސައިކަލު ސާވިސް ކުރުމާއި ސައިކަލުތަކުގެ އަޖުމަ ބަލާލެވޭނެ - ފޮޓޯ:ސީއެންއެމް
ޔަމަހާ މޮޓޯ ވީކެންޑް: ސާވިސް ކުރުމާއި ސައިކަލުތަކުގެ އަޖުމަ ބަލާލެވޭނެ
ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓަ، އެލިއާއިން މިފަހަރުވެސް ތަފާތު ގިނަ މޮޑެލްތަކުގެ ސައިކަލުތަކަކާ އެކު، ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިވެންޓެއް ފަށައިފި އެވެ.
Advertisement

އެލިއާއިން ބުނީ އެންމެފަހުގެ ސައިކަލުތައް ގާތުން ތަޖުރިބާކޮށްލުމަށާއި ފަހުގެ ޓެކްނޮލޮޖީއަށް ފަރުމާ ކުރެވިފައިވާ ސައިކަލުތައް ދެކިލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

ޔަމަހާ މޮޓޯ ވީކެންޑްގައި އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެކަން ފާހަގަކޮށް އެލިއާއިން ބުނެފައިވަނީ އިންސްޓޯލްމަންޓަށް ސައިކަލު ގަންނަ ފަރާތްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ.

your imageޔަމަހާ މޮޓޯ ވީކެންޑް: އެލިއާއިން ކުރިއަށް ގެންދާ މި ހަރަކާތުގައި ސައިކަލު ސާވިސް ކުރުމާއި ސައިކަލުތަކުގެ އަޖުމަ ބަލާލެވޭނެ - ފޮޓޯ:ސީއެންއެމް

ކުޑަކުދިންގެ ހާއްސަ ކުޅިވަރުތަކާ އެކު ޔަމަހާގެ ސައިކަލުތަކަށް ބޭނުންވާ ބައެއް ސާވިސް ވަގުތުން ކޮށްދިނުމާއި ޔަމަހާ ސައިކަލުގެ އަޖުމަ ބަލާލުމަށް ޓެސްޓަށް ދުއްވާލުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ލިބޭނެ ކަމަށް އެލިއާއިން ބުނެ އެވެ.

އެލިއާއިން ކުރިއަށް ގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާގެ ކޮންސެޕްޓެއް ކަމުގައިވާ ބައިއުއްތަގްސީތުގެ ދަށުން ކުރިއަށް ގެންދެވޭ ސްކީމެކެވެ. އެލިއާއިން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަގާ ފަރާތްތަކަށްވެސް ސައިކަލު ލިބޭނީ އެފަރާތެއްގެ ނަންމަތީގައި ރަޖިސްޓްރީކުރެވި، ޕްރައިވެޓް ބޯޑުގަ އެވެ. އެލިއާއިން ވިއްކާ ކޮންމެ ސައިކަލަކީވެސް ސައިކަލުގެ އަގުގެ ފުރަތަމަ ބައި ދެއްކުމުން ކަސްޓަމަރުގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކުރެވޭ ސައިކަލެކެވެ. އޭގެ އިތުރުން އިންސްޓޯލްމަންޓުގެ މުއްދަތު ބޭނުން މުއްދަތަކަށް ބަހާލުމުގެ ފުރުސަތު ކަސްޓަމަރަށް އެލިއާއިން ދެ އެވެ.

your imageޔަމަހާ މޮޓޯ ވީކެންޑް: އެލިއާއިން ކުރިއަށް ގެންދާ މި ހަރަކާތުގައި ސައިކަލު ސާވިސް ކުރުމާއި ސައިކަލުތަކުގެ އަޖުމަ ބަލާލެވޭނެ - ފޮޓޯ:ސީއެންއެމް

މި ހަފުތާ ބަންދުގައި ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ ޔަމަހާ މޮޓޯ ވީކެންޑްގައި އެލިއާގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ސައިކަލުގެ އަޑީތެޔޮ ބަދަލުކުރުމާއި ސައިކަލު ޑައިގްނޯސް ކުރުމުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. މި ހަރަކާތް އޮންނާނީ އިއްޔެއެކޭ އެއްފަދައިން މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށެވެ.

އެލިއާގެ އަމާޒަކީ ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވެ، މުސްތަގުބަލުގައި ސައިކަލެއް ނަގަން ބޭނުންވާ ފަރާތްތަކަށްވެސް އެ ކުންފުނީގައި ހުރި ފުރުސަތުތައް އަންގާލައިދީ ޔަމަހާގެ ސައިކަލުތައް ގިނަ ފަރާތްތަކަކަށް ދައްކާލުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް