އެމްއޭސީއެލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވީއައިއޭގެ އެމިގްރޭޝަން އަދި އިމިގްރޭޝަން ކައުންޓަރުތަކަށް ޓެކްނިކަލް މަައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން ފަސިންޖަރުން އައުމާއި ފުރުމުގެ ކަންކަމަށް ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެމްއޭސީއެލުން ބުނެފައިވަނީ އެ މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށެވެ.
ވީއައިއޭގެ ކައުންޓަރުތަކަށް ދިމާވި މައްސަލަ އާ ގުޅޭގޮތުން އިތުރު ތަފުސީލެއް އެމްއޭސީއެލުން ދީފައެއް ނުވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކައިރިވެފައިވާއިރު، މި މަހާއި އަންނަ މަހު އެއާޕޯޓަށް އަންނަ އަދި ފުރާ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ އެވެ.