ads
އިިމިގްރޭޝަނުގެ ކައުންޓަރަކުން ހިދުމަތް ދެނީ: ވީއައިއޭގެ ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލަ ވަނީ ހައްލުކޮށްފައި - ފޮޓޯ:މޯލްޑިވްސް އިިމިގްރޭޝަން
ވީއައިއޭގެ އިމިގްރޭޝަން ކައުންޓަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އިމިގްރޭޝަން ކައުންޓަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެކަން ހާމަކޮށް އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މައްސަލަ ދިމާވި ވީއައިއޭގެ އެމިގްރޭޝަން އަދި އިމިގްރޭޝަން ކައުންޓަރުތަކުގެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ.

ވީއައިއޭގެ އެމިގްރޭޝަން އަދި އިމިގްރޭޝަން ކައުންޓަރުތަކަށް މަައްސަލަތަކެއް ކުރިމަތިވެފައިވަނީ ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް އެމްއޭސީއެލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން ފަސިންޖަރުން އައުމާއި ފުރުމުގެ ކަންކަމަށް ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް އެމްއޭސީއެލުން އޭރު ބުނެފައިވެ އެވެ. އެ ކުންފުނިން ވަނީ ސިސްޓަމްތަކަށް ކުރިމަތިވި މައްސަލަ އާ ގުޅިގެން ދިމާވި ދަތިތަކަށް ފަސިންޖަރުންގެ ކިބައިން މާފަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް