ދުނިޔޭގެ އެންމެ މުއްސަނދި ލީގުގެ ގޮތުގައި މިހާރު ބެލެވޭ ސައުދީ ލީގުން، ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ހައިރާން ކުރުވަނިވި ބައެއް ފިޔަވަޅުތައް އަތުވެދާނެ ކަމަށް ބެލެވިފައިވާއިރު، ވަރާން އަކީ ސައުދީގެ ވެރިންގެ ޝައުގުވެރިކަން ހުއްޓިފައިވާ އެއް ކުޅުންތެރިޔާއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 30 އަހަރުގެ ވަރާން، ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކްލަބު އަލް ނަސްރެވެ.
މި ސީޒަނުގައި ޔުނައިޓެޑަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، ޑްރެސިން ރޫމްގެ ތެރޭގައި ހިތްހަމަ ނުޖެހުމެއް އުފެދި ބައެއް ކުޅުންތެރިން ކްލަބު ދޫކޮށްލާނެ ކަމުގެ ރިޕޯޓްތައް ވެސްވަނީ އާއްމުވެފައެވެ.